ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕަށް މުވައްޒަފުން ހޯދުން:

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

މަޤާމް:

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

3 (ތިނެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް:

ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ

 

 

 

 

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިސްކިތުގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

2- މިސްކިތުގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

3- ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން.

4- ރަތަފަންދޫ އަތިރިމަތީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

5- ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން.

6- ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

7- ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅުން ދިރާގުސައިޓުގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން.

8- ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން.

9- ރަތަފަންދޫ ޗަނބޭލީމަގުގެ ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

10- ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

11- ރަތަފަންދޫ ނަސީމީހިނގުމުގެ ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

12- ރަތަފަންދޫ އައްސޭރިހިނގުމުގެ ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

13- ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

14- ރަތަފަންދޫ ނަރުގިސްމަގު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

15- ރަތަފަންދޫ ބީޗްރޯޑް އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

16- ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

މުސާރަ:

މަހަކު -/2000 ރުފިޔާ

މަޤާމުގެ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދި ފޮނުވާ ސިޓީ.

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 އޮކްޓޫބަރު 19 ވާ ބުދަވަހުގައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި  އެހެނިހެން  ލިޔުންތައް  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2016  އޮކްޓޯބަރު  13  ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

23 ޛުލްޙިއްޖާ 1437
25 ސެޕްޓެންބަރު 2016
ހޯދާ