ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕީޑް ލޯންޗެއް ބަނދެދީ، ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން               

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއަށް 24 ފޫޓުގެ އައު ސްޕީޑް ލޯންޗެއް ބަނދެދީ، ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

* DIMENSIONS:

- Length overall 7.27M                           - Depth at mid-ship 1.50M

- Beam 2.40M                                 - Draft 0.40M

* INCLUDE:

- Windscreen with grp frame- 1 pc                - Navigation Lights- 1 Set

- Front and side covering on both sides – 1 set      - Cabin Light – 2 pc

- S/S stanchions at forward  - 1 pc                - S/S cleats – 5 pc

- Bilge pump with float switch - 1 set              - Mini compass -1 pc

- Pressurized water system with tap - 1 set           - Anchor locker – 1

- Stowage for batteries – 2                       - Stowage below pilot seats – 1

- S/S petrol tank (320ltr) – 1                      - GRP water tank (60Ltr) – 1

- Switch panel – 1                              - Seats with cushions – 1 set

- 12 life jackets – 12 pc                         - S/S deck plate for petrol – 1

- S/S deck plate for water – 1                     - HD rubber fender  - 58ft length

- Fuel meter with sender - 1 set                    - Grp hard top with  s/s support – 1 set

- Hatch cover with s/s pull rings and hinges – 1 set

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ރަށުން ބޭރު ފަރާތްތަކަށް މިކަމަށް އެދި 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުމުން މަޢުލޫމާތު ފޮނުވައިދެވޭނެއެވެ. އަދި 11:00 ގެ ފަހުން ފޮނުއްވާ ސިޓީތައް ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. އަތޮޅު ކައުންސިލަށް 24 ފޫޓުގެ ސްޕީޑް ލޯންޗާއި ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދިނުމާބެހޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.

     މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 11:00

2016 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 11:00

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރި އަދި އަމިއްލަ ފަރާތެއް ނަމަވެސް މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، އިންވެސްޓްމެންޓަކުން ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތް އެނގޭނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ. އަދި، މި އިދާރާގެ ނަންބަރު: (IUL)225-ID/225/2016/22 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާނު ބާޠިލު ކުރެވިފައިވާތީ ދެންނެވީމެވެ.

  1. ހުށަހަޅާ އަގު     ( 65 އިންސައްތަ )
  2. މުއްދަތު        ( 20 އިންސައްތަ )
  3. ތަޖުރިބާ        ( 15 އިންސައްތަ )

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ