ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ފާރުރާނައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ނަންބަރު: GS168/IUL/2016/39 އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ކުރިމަތިލާފައިވާ ފަރާތުގެ ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، ކުރީގެ ބޯޅަދަނޑުގެ ބިމުން މި ސްކޫލުގެ ގޯއްޗަށް އިތުރުކުރެވުނު ބައިގެ އިން ވަކިކުރުމަށް ފާރު ރާނައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލް އޮފީސް

10 އޮކްޓޫބަރު 2016

ހޯމަ

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލް އޮފީސް

13 އޮކްޓޫބަރު 2016

ބުރާސްފަތި

13:00

ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެެހެން ބޭފުޅަކު ދުރުވާނަމަ، އެ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ