ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުން 2 ނޮވެންބަރު 2015 ގައި ކޮށްފައިވާ SAC-A06/2015 ނަންބަރުގެ އިޢުލާން ބާޠިލްކޮށް އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
މަޤާމް: |
ކޯޓު އޮފިސަރ |
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: ޝަރީޢަތާބެހޭ |
މަސައްކަތްކުރަންޖެހޭ ތަން: |
އައްޑުއަތޮޅު ފޭދު މެޖިސްރޭޓް ކޯޓް |
|
އަސާސީ މުސާރަ: |
މަހަކު -/4،465 ރުފިޔާ |
|
އެލަވަންސް: |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35 - ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ - ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
1. ކޯޓުރޯމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 2. ކޯޓްރޫމަށް މީހުން ވެއްދުން. 3. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުން. 4. މަޙްޟަރު ބަޔާން ލިއުން. 5. ކޯޓުރޫމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން. 6. ކޯޓުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި:
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި: |
2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. - މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު، ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއްކަމުގައިވުން. - މީގެ އިތުރުން، މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެއެވެ. - އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ. - މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6893444 ނަންބަރު ފޯނަށެވެ. |
27 ޛުލްޙިއްޖާ 1437