ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި މަގުބައްތި ޖެހުން

އިޢުލާން

ހއ. އިހަވަންދޫގެ އަލަށް އާބާދުވެފައިވާ ސަރަޙައްދުގެ މަގުތަކުގައި މަގުބައްތި ޖެހުން.

ހއ. އިހަވަންދޫގެ އަލަށް އާބާދުވެފައިވާ ސަރަޙައްދުގެ މަގުތަކުގައި މަގުބައްތި ޖަހަން ބޭނުންވެއްޖެއެވެ.

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭގޮތަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުންނަމަ، އެތަނަކުން/ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަތަކުގެ ކޮޕީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް، އަލަށް އާބާދުވެފައިވާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ އަންދާސީހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

20 ޛުލްޙިއްޖާ 1437  

22 ސެޕްޓެންބަރު 2016
ހޯދާ