ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1  (ރޭންކް: ޖީ. އެސް. 3)

އުޖޫރައާއި ޢިނާޔަތްތައް:

* ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20، ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

* އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު،

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ލިބިފައިވުން.  ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް/އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

* ކޯޓުގެ މުވައްޒަފުންގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

* އިދާރީގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖުފަދަ ތަކެތި ތައްޔާރުކުރުމަށްފަހު ހަވާލުކުރުމާއި،  މުވައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކޮށް ފޮނުވުން.

* ފައިސާޔާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓުގެ އެކައުންޓް ބެލެހެއްޓުން.

* ކޯޓަށް ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، މަހުން މަހަށް ބޭންކަށް ޖަމާކުރުމާއި، އަހަރަކު ދެފަހަރު ދައުލަތުގެ އާމްދަނީ އެކައުންޓަށް ގަވާއިދާ އެއްގޮތަށް އާމްދަނީ ފައިސާ ޖަމާކުރުން.

* ކޯޓުގެ ފައިސާއާބެހޭ ކަންކަމާއި، އިދާރީ ކަންކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

* ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން.

* އިދާރީކަންކަމާ ގުޅޭ އެންމެހައި ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުން.

* ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މެޖިސްޓްރޭޓް ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ  ވެބްސައިޓް: www.justice.gov.mv އިން ލިބެން ހުންނާނެއެވެ.)

* ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ) އަސްލުކޮޕީ.

* ވަޒީފައެއްގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް، އެތަނުގެ ތައްގަނޑުޖެހި ލިޔުމެއް.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

* ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

* ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ސުންގަޑި:

2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓު:

މި ވަޒީފާއަށް ކުރިމަތިލެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ