ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދު ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS81(G)/IUL/2016/37 (8 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. އަދި މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  • ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދުގައި ކޯރުކޮނުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 9 ވާ އާދީއްތަ ދުވަހުގެ 13:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ