ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ޕޯޓިކޯ ސަރަހައްދުގައި އަޅާފައިހުރި ގާތައް ނަގައި ވެލިއަޅައި ލެވެލް ކުރުމަށްފަހު އަލުން ގާ އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 43GS-B/2016/26 (6.9.2016) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތައް މަދުކަމުން ދެ ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ ހެނދުނު 11:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ ހެނދުނު 10:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
26 ޛުލްޙިއްޖާ 1437