ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި މަރުކަޒުން އުކާލަންޖެހޭ ޑަސްބިން (ކާބޯތަކެތި އަދި މަސްކަނޑާފައި ހުންނަ ކަރުގޮހޮރު) މަރުކަޒުން ނަގައިގެން ގެންގޮސް އުކާލައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު HPSN-IL/2016/19 (21 ސެޕްޓެންބަރު 2016) އާ ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ނުވާތީ އެއިއުލާން ބާތިލްކޮށް، އަލުން މިމަރުކަޒުން އުކާލަންޖެހޭ ޑަސްބިން ( ކާބޯތަކެތި އަދި މަސްކަނޑާފައި ހުންނަ ކަރު ގޮހޮރު ) މަރުކަޒުން ނަގައިގެން ގެންގޮސް އުކާލާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވަޑައިގަނެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޛުލްޙިއްޖާ 1437