އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޮޓާ/ރެސްޓޯރަންޓް ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާބެހޭ
އިޢުލާން
އއ.ތޮއްޑޫއިން ހޮޓާ/ރެސްޓޯރަންޓް ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާބެހޭ:
އއ.ތޮއްޑޫ ބަނދަރު ސަރަހައްދުން 2000 އަކަފޫޓުގެ 3 ބިން ކުއްޔަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަން ފުރިހަމަ ކުރައްވަންވާނެއެވެ.
- އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ކުންފުންޏަކުން ވަޑައިގަންނަވާނަމަ، އެކުންފުނީގެ ފަރާތުން ސިޓީއަކާއެކު ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުން.
އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ (ވިޔަފާރި / ކުންފުނީގެ ފަރާތުން ހުށަހަޅުއްވާނަމަ)
- ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީ (ވިޔަފާރި / ކުންފުނީގެ ފަރާތުން ހުށަހަޅުއްވާ ނަމަ)
- ކަމާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ސެޓުފިކެޓުތަކާއި ލިޔުންތައް.
- އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- ހުށަހަޅުއްވާ އަގަށް: 60 ޕޮއިންޓް
- ތަޖުރިބާ: 10 ޕޮއިންޓް
- ސީ.އެސް.އާރް: 20 ޕޮއިންޓް
- ސެޓުފިކެޓުތަކަށް: 10 ޕޮއިންޓް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި 6660537 އަށް ގުޅުއްވުން އެދެމެވެ.
21 ސެޕްޓެންބަރު 2016
ހޯދާ