ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01   

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ޔުނިޓް: ސަޕޯޓް ސަރވިސް  

މުސާރަ:

މަހަކު -/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ

  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުގެ ޔައުމިއްޔާ ލިޔުން
  • އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން
  • ސިޓީތަކަށް ޖަވާބުދާރީ ވުން
  • އަހަރު ރިޕޯޓް ތައްޔާރު ކުރުން
  • ނައްތާލަންޖެހޭ އޮފީހުގެ ލިޔެކިޔުންތައް ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން
  • ނީލަން ކިޔުމުގެ އިންތިޒާމު ހަމަޖެއްސުން

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ ޢަދަދު: 01 

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ޔުނިޓް: އައި.ސީ.ޓީ 

މުސާރަ:

މަހަކު -/5610 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އަސާސީ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

- މި ޑިޕާޓްމަންޓްގެ މަސައްކަތްތައް އައި.ޓީ މެދުވެރިކޮށް ކުރުމާއި އައި.ސީ.ޓީގެ ދާއިރާއިން މިޑިޕާޓްމަންޓް ތަރައްޤީ ކުރުން.     

- މި ޑިޕާޓްމަންޓްގެ ކޮމްޕިއުޓަރ ސިސްޓަމްތައް ބެލެހެއްޓުމާއި ދިމާވާ ފަންނީ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓްގެ ނެޓްވާރކް ބެލެހެއްޓުމާއި ދިމާވާ ފަންނީ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓްގެ ވެބްސައިޓް ބެލެހެއްޓުމާއި އީމެއިލް ސިސްޓަމް ބެލެހެއްޓުން.

- މި ޑިޕާޓްމަންޓުން ހިންގާ އިމްތިޙާނުތަކާ ގުޅިގެން އައި.ސީ.ޓީ މެދުވެރިކޮށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- މި ޑިޕާޓްމަންޓުގެ ފޯނު ސިސްޓަމް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓްގެ އިންޓަރނެޓް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު: 01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ޔުނިޓް: އެންޓްރީޒް

މުސާރަ:

މަހަކު -/4465 ރުފިޔާ

އިތުރުގަޑީގެ ފައިސާ:  ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ކެމްބްރިޖް އޯލެވެލް، އެޑްއެކްސެލް އޭ ލެވެލް ،އެ.ޗް.އެސް.ސީ، އެސް.އެސް.ސީ އާއި އޮންޑިމާންޑް އިމްތިޙާނާއި އާންމު އިމްތިޙާނުގެ އިތުރުންވެސް މި ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ އެހެނިހެން އިމްތިޙާނުތަކުގެ އެޕްލިކޭޝަނާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  • މަތީގައި ބަޔާންކޮށްފައިވާ އިމްތިޙާން ނިމުމުން، އިމްތިޙާން ކަރުދާސް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  • އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.
  • އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ހަވާލުކުރުމަށާއި ޖަވާބު ކަރުދާސް ނެގުމަށާއި ސެންޓަރ ޗެކުކުރުމަށާއި މަޢުލޫމާތު ދިނުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.
  • މި ޑިޕާޓްމަންޓުން ރާވައި އިންތިޒާމުކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމު

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

 

ބޭނުންވާ ޢަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ޔުނިޓް: ރެކޯޑްސް

 

މުސާރަ:

މަހަކު -/4465 ރުފިޔާ

އިތުރުގަޑީގެ ފައިސާ:  ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުން ނެރޭ ނޫސް މަޖައްލާ "އެގްޒެމިން" ނެރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމާއި ނޫސް މަޖައްލާ ނެރުން.
  • މި ޑިޕާޓްމަންޓުގެ ވެބްސައިޓު އަޕްޑޭޓް ކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
  • އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.
  • މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ހޯލުތަކަށް ބޭނުންވާ ކެންޑިޑޭޓު ނަންބަރު ތައްޔާރުކުރުމާއި ޑިސްޕްލޭ ތައްޔާރުކުރުން.
  • މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ އެޕްލިކޭޝަން ޗެކުކުރުމަށް ބޭނުންވާ ފެޗިން ފައިލް ތައްޔާރުކުރުން.
  • އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ހަވާލުކުރުމަށާއި ޖަވާބު ކަރުދާސް ނެގުމަށާއި ސެންޓަރ ޗެކް ކުރުމަށާއި މަޢުލޫމާތު ދިނުމަށް ކުރާދަތުރުތަކުގައި ބައިވެރިވުން.
  • ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ ފިޝަރީޒް ސައިންސާއި ކޮމްޕިއުޓަރ ޕްރޮޖެކްޓުތަކުގެ މަސައްކަތް މި ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން.
  • މި ޑިޕާޓްމަންޓުން ރާވައި އިންތިޒާމްކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލުކަން ކަށަވަރު ކުރުން

- އިންޓަރވިއުކޮށްގެން

 

އިންޓަރވިއު ކުރުން: މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއުކުރާނެ ތާރީޚާއި، ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓު:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ.)

2.  ސިވިލް ސަރވިސްގައި / ސަރުކާރުގައި ޚިދުމަތް ކުރައްވާ މުވައްޒަފެއް ނަމަ، އަދާ ކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒު ނުކުރާކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ބޮންޑާ ބެހޭ މަޢުލޫމާތު އެނގޭގޮތަށް އޮފީހުން ދޫކުރާ ލިޔުން.

4.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރުހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަ ނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތަށް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީ.ވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގގެ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 5 ވާ ބުދަ ދުވަހުގެ 13:30.

ނޯޓު: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ޑިޕާޓްމަންޓުގެ ނަންބަރު 3009339 ފޯނާއެވެ.

23 ޛުލްޙިއްޖާ 1437

26 ސެޕްޓެންބަރު 2016
ހޯދާ