މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމު:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:               01

ރޭންކް:                    ޖީ. އެސް 4

ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 2  

މުސާރަ :                  މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:           މަހަކު -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި:                    ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:     ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްތަކުގެ އަހަރީ ބަޖެޓް އެކުލަވާލުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކަމާގުޅޭ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ފައިލުކޮށް ބެލެހެއްޓުން.

  2. ޔުނިޓުގެ ދަށުން ހިނގާ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ސްޕަވައިޒަރުގެ ބެއްލުވުމުގެ ދަށުން ފުރައި ސްޕަވައިޒަރާއި މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަ ކުރުމަށްފަހު ފޯމުތައް ފައިލުކޮށް ރައްކާތެރި ކަމާއެކު ބެލެހެއްޓުން.

  3. ސްކޫލު އުމުރުފުރައިގެ ދަރިވަރުންގެތެރެއިން ސްކޫލަށްނުދާ ކުދިންގެ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި، މިފަދަ ދަރިވަރުން ސްކޫލަށް ކިޔަވަން ގެނައުމަށް ހިންގާ ޙަރަކާތްތައް ސްކޫލްތަކާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގުމުގައި ކުރަންޖެހޭ ކަންކަން ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.

  4. ދަރިވަރުންގެ ކުރިއެރުމާބެހޭ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތާގުޅިގެން ޔުނިޓުން ކުރާ ދިރާސާތައް ކުރުމުގައި ކުރަންޖެހޭ ކަންކަން ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.

  5. ސްކޫލްތަކުގެ ނަތީޖާއާއި ޢިމާރާތްތަކާއި ވަސީލަތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.

  6. ސްކޫލްތަކުގެ އިންޓަރނަލްއާއި އެކްސްޓަރނަލް ސުޕަވައިޒަންގައި ބަރާބަރު ސްކޫލް އިންޑިކޭޓަރޒަށް ޢަމަލުކުރޭތޯ ބަލައި، ކަށަވަރުކުރުމުގައި ކުރަންޖެހޭ ކަންކަން ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.

  7. އަތޮޅުތަކުގެ ސްކޫލްތަކުން ކޮންމެ މަހަކު ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓު ތައްޔާރުކޮށް، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ސީ. ސެކްޝަނަށް ފޮނުވާތޯ ކަށަވަރުކޮށް އެ މަޢުލޫމާތު ސްޕަވައިޒަރަށް ލިޔުމުންދިނުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއި، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ

އިންޓަރވިއު ކުރުން.

ހ. މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.

ށ. މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ނ. ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.

  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  • ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

    ހ. ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)

    ށ. ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    ނ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ).

    ރ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތަކުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޛުލްޙިއްޖާ 1437

25 ސެޕްޓެންބަރު 2016
ހޯދާ