ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލްގެ އޭ.ވީ ރޫމުގައި ސައުންޑް ސިސްޓަމެއް ހަރުކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލްގެ އޯޑިއޯ ވިޝުއަލް ރޫމުގައި ދަރިވަރުންގެ އެކި ބޭނުންތަކަށް ސައުންޑް ސިސްޓަމެއް ހަރުކުރުމަށް ބޭނުންވެގެން ކުރެވުނު މި ސްކޫލްގެ ނަންބަރު: JS-B/2016/25 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ ހުށަހެޅުންތައް ބާޠިލުކޮށް އެކަމަށް ކުރިމަތިލުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެމްބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

24 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ