ދިވެހިރާއްޖެ
އެޑަޕްޓޭޝަން ފަންޑް ބޯޑާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ 3 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް ޕްރޮޖެކްޓް އޮފިސަރެއް ހޯދުމާބެހޭ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް އޮފިސަރ
އެޑަޕްޓޭޝަން ފަންޑް ބޯޑާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ 3 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް ޕްރޮޖެކްޓް އޮފިސަރެއް ހޯދަން ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް އޮފިސަރުގެ މަސްއޫލިއްޔަތަކީ، ޕްރޮޖެކްޓުގައި ހިމެނިފައިވާ އެވެއަރނަސް ކޮމްޕޯނަންޓް ކުރިއަށްގެންދިއުމަށް އެހީތެރިވުމާއި، ޕްރޮޖެކްޓުގެ އެހެނިހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ 6 (ހައެއް) މަސްދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓުގެ މުއްދަތެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު
- މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް، ޕޯޓްފޯލިއޯ.
އުޖޫރަ:
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި މަހަކު -/15،000 ރުފިޔާއާއި -/12,500 ރުފިޔާއާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.
ސުންގަޑި
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2016 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 އަށް ގުޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން
މާލެ، ދިވެހިރާއްޖެ