ދިވެހިރާއްޖެ
އިޢުލާން
އިސްލާމިކް ސްޓޫޑިއޯ ޢިމާރާތް ކުރުން
އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދަގަނޑުހޮޅި ޖަހައި، ޑެގު އަޅައިގެން ދެބުރި ޢިމާރާތެއްގެ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރައްވަން އެދިލައްވާ ފަރާތްތަކުން -/500 (ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް މި މިނިސްޓްރީއަށް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 03 އޮކްޓޫބަރު 2016 އިން 06 އޮކްޓޫބަރު 2016 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުންނެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވާތީ ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ރަޖިސްޓަރީގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
ޓެންޑަރ ޑޮކިއުމަންޓްސް ދޫކުރުމާއި، ޕްރީބިޑްމީޓިންގ އޮންނަ ތާރީޚާއި، ބިޑް ހުށަހަޅާ ތާރީޚު:
ގަޑި |
ތާރީޚު |
ތަން |
ހަރަކާތް |
8:30 ން 11:30 އަށް |
11 އޮކްޓޫބަރު 2016 |
މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން |
ޓެންޑަރ ޑޮކިއުމެންޓް ދޫކުރުން |
11:30 |
16 އޮކްޓޫބަރު 2016 |
މިނިސްޓްރީގެ މީޓިންގ ރޫމް - 01 |
ޕްރީބިޑް މީޓިންގ |
11:30 |
20 އޮކްޓޫބަރު 2016 |
މިނިސްޓްރީގެ މީޓިންގ ރޫމް - 01 |
ބިޑް ހުށަހެޅުން |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :-
މުޙައްމަދު ނިޝާމް ( އެންޑޯމަންޓް ސެކްޝަން )
ފޯނު: 3020249