ދިވެހިރާއްޖެ
އިޢުލާން
ބީލަމުގެ އުސޫލުން ގދ. އަތޮޅުގެ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރާ ރަށްރަށުގެ ޕްރޮސެސިންގ ފީ ބަލައިގަތުމާއި، މަޢުލޫމާތު ދިނުމާއި، ބިޑް ބަލައިގަތުން
މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2016/84 (07 ސެޕްޓެންބަރު 2016) އިޢުލާނުގައިވާ، ގދ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން 49 (ސާޅީސް ނުވައެއް) ރަށުގެ މަޢުލޫމާތު ދިނުމާއި ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި، ޕްރޮސެސިން ފީ ބަލައިގަތުމުގެ ކަންތައްތައް ތިރީގައިވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ އެންމުގެ ގޮތުން އާންމުކޮށް އިޢުލާނު ކުރީމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚު |
5 އޮކްޓޫބަރު 2016 (ބުދަ) 10:00 |
މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގގެ 8 ވަނަ ފަންގިފިލާ |
ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚު |
9 އޮކްޓޫބަރު 2016 އިން 13 އޮކްޓޫބަރު 2016 ގެ ނިޔަލަށް، ބަންދު ނޫން ދުވަސްތަކުގެ 09:00 އިން، 13:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (ވެލާނާގޭ 7 ވަނަ ފަންގިފިލާ) |
ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު |
17 އޮކްޓޫބަރު 2016 (ހޯމަ) 10:00 ގައި |
މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގގެ 8 ވަނަ ފަންގިފިލާ |