މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

ތެލުގެ ވިޔަފާރިކުރުމަށް ނ. މަނަދޫން ބިން ކުއްޔަށް ދޫކުރުމާ ބެހޭ:

ނ. މަނަދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި، ނ. މަނަދޫ ލޭންޑްޔޫސް ޕްލޭނުގައިވާ ތެލުގެ ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން 2000 (ދެހާސް) އަކަފޫޓުގެ 4 (ހަތަރެއް) ބިން، ތެލުގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ނ. މަނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ސިޓީއާއެކު ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.    

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ