ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގދ. ވާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނިކޮށްޓާބެހޭ:

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގދ. ވާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނިކޮށީގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި ގދ. ވާދޫ ކައުންސިލުގެ އިދާރާގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. 

ބިޑުހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި ގދ. ވާދޫ ކައުންސިލުގެ އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބީލަން ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރައްވައި 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. 

"ގދ.ވާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި ކޮށްޓާބެހޭ އިޢުލާނު ނަންބަރު: (421/IUL/2016/41)"

އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ގދ. ވާދޫ ކައުންސިލުގެ އިދާރާ،

ވާދޫ / ދިވެހިރާއްޖެ،

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ގދ. ވާދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ގދ. ވާދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ