ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ބާ ޢިމާރާތުގައި ދޮރާއި ދޮރުފަތް ހަރުކުރުމާބެހޭ:
ސުކޫލުން ދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ސްކޫލުގެ ބާ ޢިމާރާތުގެ ހުރިހާ ކްލާސްރޫމުތަކުގައި ދޮރާއި ދޮރުފަތް (ކުޑަދޮރު އަދި ބޮޑުދޮރު ހިމެނޭގޮތަށް) ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށް މި ސްކޫލުގެ ނަންބަރު 6520539 ފޯނާ ގުޅުއްވުން އެދެމެވެ.
ގަޑި |
ދުވަސް |
ތާރީޚު |
ތަފުސީލު |
11:00 |
ބުދަ |
28 ސެޕްޓެންބަރު 2016 |
މަޢުލޫމާތު ސާފުކުރުން |
11:00 |
ބުރާސްފަތި |
6 އޮކްޓޫބަރު 2016 |
އަންދާސީހިސާބު ހުށަހެޅުން |