މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް:

1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް މި ކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތުދިނުން

ޕްރޮޕޯޒަލް ހުށަހެޅުން

2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:15

2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:15

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ އެފަރާތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ، އެފަރާތަކީ އެ ކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ފޯނުން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޛަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ