އިޢުލާން
|
ވަޒީފާގެ ފުރުޞަތު:
|
މަޤާމު:
|
ރިލީފް ޓީޗަރ (ޕީ.އީ)
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ، ދިވެހިރާއްޖެ / އެކަޑަމިކް ސެކްޝަން
|
މުސާރަ:
|
މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ
|
މުސާރަ (މަހަކު)
|
ސަރވިސް އެލަވަންސް (މަހަކު)
|
ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާނަމަ
|
-/4500 ރުފިޔާ
|
-/1500 ރުފިޔާ
|
މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާނަމަ
|
-/5500 ރުފިޔާ
|
-/1500 ރުފިޔާ
|
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޒިލު ކޮށްފައިވާނަމަ
|
-/6090 ރުފިޔާ
|
-/2500 ރުފިޔާ
|
|
އުޖޫރައާއި އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަޖުރިބާ
- މަސައްކަތުގެ ތަޖުރިބާ
- އިންޓަރވިއު
- ކުޅިވަރުގެ އެންމެހައި ހަރަކާތްތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވާރކް އެކުލަވާލުން.
- ކިޔަވައިދޭން ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަން ޕްލޭން ހައްދަވައި ކްލާސްތަކަށް ގަޑި ނަންގަވައިދެއްވުން.
- ދަރިވަރުންނަށް ނަންގަވައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސްކޫލުގެ އެސެސްމެންޓް ޕޮލިސީ އާ އެއްގޮތްވާ ގޮތުގެ މަތީން އެސެސްމަންޓްތައް ދިނުމާއި އެސެސްމަންޓްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
- ކިޔަވައިދެއްވާ ކްލާސްތަކުގެ ދަރިވަރުންގެ ހެދި ފޯދޭ މިންވަރު ބެލެހެއްޓުމާއެކު، ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓު ކުރުން.
- ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.
- ސްކޫލުގައި ހިންގޭ އެންމެހައި ކުޅިވަރު، ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ލީޑިންގ ޓީޗަރުގެ ލަފަޔާއެކު ހަރަކާތްތައް އިންތިޒާމުކޮށް ބަލަހައްޓައި ހިންގުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ނޯޓް:
- ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- ފުރިހަމަ ނުވާ އެޕްލިކޭޝަން ފޯމު އަދި ހުށަހެޅުމަށް، ބަޔާން ކުރެވިފައިވާ ލިޔުމެއް ބަޔާންކުރެވިފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަންފޯމު ބާޠިލު ކުރެވޭނެއެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ރަސްމާދޫ ސްކޫލަށް.
|
އިންޓަރވިއު އަދި ޕްރެކްޓިކަލް:
|
މި ވަޒީފާއަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 6 އޮކްޓޫބަރުން 12 އޮކްޓޫބަރު 2016 އާ ދެމެދު ރަސްމާދޫ ސްކޫލުގައެވެ.
އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580330 ފޯނާއެވެ.
|