ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ރިލީފް ޓީޗަރ
ރިލީފް ޓީޗަރުން ހޯދުމަށް:
މަޤާމު: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 17 (ސަތާރަ)
ވަޒީފާ އޮތް އޮފީސް: ދުވާފަރު ޕްރައިމަރީ ސްކޫލް / ރ. ދުވާފަރު
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (2016 އޮކްޓޫބަރު 7 ން 2016 ނޮވެންބަރު 17 އަށް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން (ދުވާފަރު ޕްރައިމަރީ ސްކޫލް)
ވަޒީފާއާބެހޭ އާންމު މަޢުލޫމާތު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ރިލީފް ޓީޗަރ
|
GS2 |
އޮފިސަރ ގްރޭޑް 1 |
ސާނަވީ ތަޢުުލީމު ފުރިހަމަކުރުން. * ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތޙާހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން. ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
-/4500ރުފިޔާ |
-/1500ރުފިޔާ |
ރިލީފް ޓީޗަރ
|
GS2 |
އޮފިސަރ ގްރޭޑް 1 |
މަތީ ސާނަވީ ތަޢުުލީމު ފުރިހަމަކުރުން. * ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން. |
-/5500ރުފިޔާ |
-/1500ރުފިޔާ |
ރިލީފް ޓީޗަރ |
GS2 |
އޮފިސަރ ގްރޭޑް 1 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކުރުން. |
-/6090ރުފިޔާ |
-/2500ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް:
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުސާރައާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
މިމަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސްއޫލިއްޔަތަކީ، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރުވައި ތަރުބިއްޔަތު ކުރުމަށް ސްކޫލުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ދަރިވަރުން ވާޞިލުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ތައްޔާރުކޮށް ކިޔަވައިދީ ވަޒަންކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުމުގެ އިތުރުން، ސްކޫލުން ކުރިއަށް ގެންދާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ މަސްއޫލިއްޔަތު އުފުލުމެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން ދުވާފަރު ޕްރައިމަރީސްކޫލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް ސްކޫލުން އަންގާނެއެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރާނެ ތަނާއި މުއްދަތު:މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހު ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ. އިންޓަރވިއު އޮންނާނެ ގަޑިއެއް ފަހުން އެންގޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން އަދި މި ސްކޫލުންވެސް ލިބޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް އެނގޭނޭހެން)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ފޮޓޯކޮޕީ
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
އިތުރު މަޢުލޫމާތު:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ދުވާފަރު ޕްރައިމަރީ ސްކޫލުގެ 6582703 ނަންބަރު ފޯނާއެވެ.
- އީމެއިލް ކުރައްވާނީ ( [email protected] ) އަށެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މި މަޤާމަށް އިންޓަރވިއުކުރުމަށް ޝޯޓްލިސްޓު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
- މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.
- ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ / ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރެއްވި ތަނުގެ ހާޒިރީއަށް ބަލައިގެންނެވެ.