ދިވެހިރާއްޖެ
މަޤާމް :ގްރެފިކްސް ޑިޒައިނަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން މި މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ މަސައްކަތާ ގުޅިގެން، އޯޑިއޯ ވިޜުއަލް މެޓީރިއަލްސް ތައްޔާރުކުރުމަށާއި ބިލްބޯޑުތައް ފަރުމާކުރުމަށް 2 އަހަރުދުވަހުގެ މުއްދަތަށް، މި މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގައި މަސައްކަތް ކުރުމަށް "ގްރެފިކްސް ޑިޒައިނަރ" ގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މި މަޤާމުގެ މަސައްކަތްތަކާއި މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، އެ މީހެއްގެ ވަނަވަރާއެކު މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004340 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv |