ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: މަސައްކަތު
ބޭނުންވާ އަދަދު: 1
ރޭންކް: އެސް.އެސް. 1
ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ގއ. މާމެންދޫ ސްކޫލް
ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގެ ގޯތިން ހަވާލުކުރެވިފައިވާ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ފާޚާނާއާއި ކްލާސްރޫމުތައް ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ހޯލުގައި ގޮނޑިތައް އެތުރުމާއި، ޕާޓިޝަންތައް އަޅުވައި ނައްޓައި ހެދުން.
- ސްކޫލުގެ ތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުން.
- ކްލާސްރޫމުތަކުގެ ޑަސްބިން ދުވަހުން ދުވަހަށް ހުސްކޮށް، ޑަސްބިންތައް ހުރީ ހަމަޔަށްތޯ ބެލުން.
- ސްކޫލުން ކަނޑައަޅާ ދުވަސްތަކުގައި ކަނޑައަޅާ ގޮތެއްގެ މަތިން ސްކޫލު ހޯލުގެ ގޮނޑިތައް އެތުރުން.
- އޮފީހުގެ މަޤުޞަދު ހާސިލުކުރުމަށް އޮފީހުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެމަސައްކަތްތައް ކުރުން.
- ދިމާވާ އިމަރޖެންސީ ޙާލަތްތަކުގައި އޮފީހުން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.
ޝަރުޠު:
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ ހުނަރު.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- އިންޓަރވިއުއަށް ލިބޭ މާކްސް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.
އިންޓަރވިއު ކުރުން
ހ. މިވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ގއ. މާމެންދޫ ސްކޫލުގައެވެ. މިގޮތުން އިންޓަރވިއު އޮންނާނީ، 9 އޮކްޓޫބަރު 2016 އާއި 13 އޮކްޓޫބަރު 2016 އާ ދޭތެރޭގެ ދުވަހެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަސް ޝަރުޠު ހަމަވާ ފަރާތްތަކަށް 1 ދުވަސް ކުރިން އެންގޭނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ރަސްމީ ގަޑިގައި ލިބެން ހުންނާނެއެވެ.) އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔންތައް ކިޔަން އެނގޭފަދަ ކޮޕީ.
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގއ. މާމެންދޫ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ. މާމެންދޫ ސްކޫލުގެ ނަންބަރު 7983073 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޛުލްޙިއްޖާ 1437