މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓޮޕޮގްރަފިވް ސަރވޭއާއި، ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީން ކަނޑައަޅާ ރަށްތަކުގެ ޓޮޕޯގްރަފިކް ސަރވޭއާއި، ލޭންޑް ޔޫސްޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ބިޑް މީޓިންގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ޕްރޮޕޯސަލް ("ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތީން) މި މިނިސްޓްރީ އަށް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13:00 އިން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. ޕްރީ ބިޑް މީޓިންގއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ޕްރޮފޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3004120 ނުވަތަ 3004380 އަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016
ހޯދާ