މަޤާމު:
|
އެސިސްޓެންޓް ކައުންސެލް
|
ސެކްޝަން/ޑިވިޜަން:
|
ލީގަލް ޔުނިޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމީ ފެންވަރު:
|
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމް.އެމް.އޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އެމް.އެމް.އޭ ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.
|
މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން:
|
އިންޓަރނަލް އޮޑިޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމީ ފެންވަރު
|
- އޭ.ސީ.ސީ.އޭ. ގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަ ކޮށްފައިވުން. ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމް.އެމް.އޭ ގެ އެކައުންޓިންގ އަދި އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްތަކާ އެއްގޮތަށްތޯ ބަލައި މެނޭޖްމެންޓާއި ބޯޑުން ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
|
މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:
|
- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
- މި ވަޒީފާއަށް މީހަކު ހޮވުމުގައި ސްކްރިޕްޓިންގ ލެންގުއޭޖްގައި ޕްރޮގްރާމް ކުރުމުގެެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.
|
މަޤާމު:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:
|
- ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން ފާސް ވެފައިވުން. ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
- މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ސިސްޓަމްސްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެއްޗާއި ކަންކަމަށް ދިމާވާ މަސައްލަތައް ހައްލުކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުނަރުވެރިކަން:
|
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
|
ސުންގަޑި
|
2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 14:00 އަށް
|