ދިވެހިރާއްޖެ
އިޢުލާން
އައިޕެޑް އަދި މެކުބުކް ގަތުމަށް ބޭނުންވެއްޖެ
މިނިސްޓްރީއަށް ބޭނުންވާ އައިޕެޑާއި މެކުބުކް ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/198 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ޑިވިޜަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ޑިވިޜަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2016 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 14:00 އަށް |
2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.