ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ޤާއިމުކުރުމަށާއި މަސައްކަތް ހަރުދަނާކުރުމަށް ކޮންސަލްޓަންޓަކު ބޭނުންވެއްޖެ

އިޢުލާން

މި އެޖެންސީން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ޤާއިމުކުރުމަށާއި މަސައްކަތް ހަރުދަނާކުރުމަށް ކޮންސަލްޓަންޓަކު ބޭނުންވެއްޖެ:

މި އެޖެންސީން ކުރިއަށް ގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ޤާއިމުކޮށް ހަރުދަނާކުރުމުގެ މަސައްކަތްކުރާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ. ކޮންސަލްޓެންޓުގެ މައިގަނޑު މަސައްކަތްތަކާއި، ކޮންސަލްޓެންޓުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި، މަސައްކަތުގެ މުއްދަތާއި، އުޖޫރަ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރިފަރެންސް މި އެޖެންސީގެ ވެބްސައިޓް http://www.nspa.gov.mv/dh އިން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.

ކޮންސަލްޓެންޓު ހޮވުމުގައި ބަލާނޭ ކަންކަން:

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ކުރެވޭ އިންޓަރވިއު

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާ ގުޅުއްވުން އެދެމެވެ. 

19 ސެޕްޓެންބަރު 2016
ހޯދާ