މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް މެކޭނިކް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓުތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އޮތް އެންމެ ޤާބިލު އަދި ތަޖުރިބާހުރި މި ކުންފުނީގައި ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ މެކޭނިކަލް ސަރވިސަސް   

ޝަރުޠު:   

  • ޖީ.ސީ.އީ އޯލެވެލް އިނގިރޭސި، ހިސާބު އަދި ފިޒިކްސް އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ސެޓުފިކެޓަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ސިއްޙަތު ރަނގަޅު ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭ ފަރާތެއް ކަމުގައިވުން. 
  • މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢުމުރު: 35 - 18 އަހަރާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އުޅަނދުފަހަރު މަރާމާތުގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން.

  • މަސައްކަތްކުރާ ސަރަޙައްދު ސާފުތާހިރުކޮށް ބޭއްވުމުގައި އެހީތެރިވުން.   

  • އެކުގައި މަސައްކަތްކުރާ އެންމެހާފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.   

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :3

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އެއިރޮޑްރޯމް އެންޑް ގްރައުންޑް އެއިޑްސް    

ޝަރުޠު:   

  • ޑިޕްލޮމާ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

  • ނުވަތަ ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލަވަލް އިނގިރޭސި، ހިސާބު އަދި ފިޒިކްސް ހިމަނައިގެން 5 މާއްދާ އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.   

  • ކޮމްޕިއުޓަރ އިން މައިކްރޮސޮފްޓް އޮފީސް ބޭނުން ކުރަން އެނގުން.
  • ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭ، ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

ޢުމުރު:     35 - 18 އަހަރާއި ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

އެއަރފީލްޑްގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، މަސައްކަތްތައް ތާވާލާ އެއްގޮަތަށް އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދާ އެއްގޮތަށް ކުރުން.

މަޤާމް :އިކިއުޕްމަންޓް އޮޕަރޭޓަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ކާރގޯ ސަރވިސަސް

ޝަރުޠު

  • ގްރޭޑް 7 ނުވަތަ އަސާސީ ތައުލީމުގެ ފެންވަރު ހުރުން.
  • B1 އަދި  C1 ކެޓަގަރީ ނުވަތަ އެއަށް ވުރެ މަތީގެ ޑްރައިވިންގް ލައިސަންސެއް އޮތުން.
  • ޞިއްޙަތު ރަނގަޅު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: 40 - 25 އަހަރާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓޯ ޓްރެކްޓަރާއި ކާރގޯ އިކްވިޕްމަންޓް އޮޕަރޭޓް ކުރުމާއި ދުއްވުން.

  • ފޯކްލިފްޓް އޮޕަރޭޓް ކުރުން.

  • ޔޫ.އެލް.ޑީ.ތައް ކާރގޯ ބޭނުންތަކަށް ގެނައުމާއި ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

  • ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ނޯޓު: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 16:00ގެ ކުރިން.  

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ : ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3337470، 3337274، 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ސެޕްޓެންބަރު 2016
ހޯދާ