ދިވެހިރާއްޖެ
އިޢުލާން
ނ. އަތޮޅު ކައުންސިލުގެ އިދާރާގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯސްޓްރޯކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)228-DG/228/2016/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ނީލަން ނަންބަރު 1 (ޔަމަހާ ފޯސްޓްރޯކް އިންޖީނު)
1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް
2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.
3- ނީލަން ފެށޭ އަގު: -/50،000 (ފަންސާސްހާސް) ރުފިޔާ
4- އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ އަދަދު: -/5،000 (ފަސްހާސް) ރުފިޔާ
5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގކޮންޑިޝަންގައެވެ.
ނީލަން ނަންބަރު 2 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)
1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް
2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.
3- ނީލަން ފެށޭ އަގު: -/40،000 (ސާޅީސްހާސް) ރުފިޔާ
4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5،000 (ފަސްހާސް) ރުފިޔާ
5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގކޮންޑިޝަންގައި، ސްޓާޓްކުރަން ދަތިވުމާއި، ޖެކުގައި މައްސަލަ އުޅެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކިން ސިޓީއަކުންނެވެ. ސިޓީގައި ނީލަމުގައި ބައިވެރިވާ ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ތާރީޚު އަދި ގުޅޭނެ ފޯނު ނަންބަރު) ހިމަނަންވާނެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މި އިދާރާގެ ކައުންޓަރުންނާއި ފެކުހުންނާއި އީމެއިލުން ސިޓީ ބަލައިގަނެވޭނެއެވެ. ފެކްސްކުރައްވާނީ މި އިދާރާގެ ނަންބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.
ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އާންމުކުރެވޭނީ އެ ދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެވެ. އެއިގެފަހުން ހުށަހަޅާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބުކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން (ރަސްމީ ބަންދުދުވަސް ނުހިމަނައި) 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ މި އިދާރާއަށް ދައްކަންވާނެއެވެ. 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ނ. އަތޮޅު ކައުންސިލަށް ލިބިގެން ވެއެވެ.
އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ން 12:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ނީލަން ފެށޭ ދުވަހަކީ 25 ސެޕްޓެންބަރު 2016 އެވެ. މި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަނުދީފިނަމަ، 3 އޮކްޓޫބަރު 2016 އަށް މި އިޢުލާނުގެ މުއްދަތު ހަމަވީއެވެ.
17 ޛުލްޙިއްޖާ 1437