ދިވެހިރާއްޖެ
އިޢުލާން
ދ. ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާ ބެހޭ:
ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ބިން |
|
ތެޔޮވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން: |
ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.2 އިން ފާހަގަކުރެވިފައިވާ ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން. |
ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: |
25 އަހަރު |
ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑިއާއި ތަން: |
2016 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 20:30 ގައި ހުޅުދެލީ ޕްރީސްކޫލުގައި. |
ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑިއާއި ތަން: |
2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 20:30 ގައި ހުޅުދެލީ ޕްރީސްކޫލުގައި. |
ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
1- ބިޑް ސެކިއުރިޓީ ގޮތުގައި -/50،000 (ފަންސާސްހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. 2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ. 3- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ. 4- ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- އެއްވެސް ކަހަލަ ވިޔަފާރިއެއްކުރާނަމަ، އެކަން އެނގޭނެ ލިޔުން. 6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑްފޯމުގައި ސޮއިކޮށް ކުންފުނީގެ ތައްގަނޑުޖަހާފައި ފޯމު ހުށަހެޅުން. |
އިތުރު މަޢުލޫމާތު: |
|
މި އިޢުލާނާ ގުޅިގެން މި އިދާރާއިން 16 އޮގަސްޓު 2016 ގައި ނެރެފައިވާ ނަންބަރު (IUL)378/378/2016/37 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.