ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެބޯރެޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސްއާއި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ފެކަލްޓީގެ ލެބޯޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސްއާއި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް ބޭނުންވެގެން ކުރެވުނު މި ފެކަލްޓީގެ ނަންބަރު: 153-FE/2016/06 (17 އޮގަސްޓު 2016) އިޢުލާނަށް އިޖާބަދީފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މިފެކަލްޓީގެ ލެބޯރެޓަރީއަށް ބޭނުންވާ ތަކެތި ގަތުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގެ ތެރެއިން ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

18 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ