ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮއި ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްތައް ފާހަގަކުރުމާއި، ގޮއި ބިމުގައި ހުރި ރުއްތަކުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އިޢުލާން

މިރަށު ގޮއި ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްތައް ފާހަގަކުރުމާއި ގޮއި ބިމުގައި ހުރި ރުއްތަކުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

މިރަށު ގޮއިބިން ހިމެނޭ ސަރަހައްދު (މިސްކިތްމަގުން ފެށިގެން ގޮސް ކިޔެވިމަގު) އާ ދޭތެރޭގައި ހުރި ރުއްތަކުގައި މި އިދާރާއިން ވަނީ އެ ރުއްތަކުގެ މިލްކުވެރިން ހޯދުމަށާއި ގޮއި ރުއްތައް ވަކިކުރުމަށްޓަކައި ފެހި ކުލައިން 1 އިން ފެށިގެން 1016 އާ ހަމައަށް ނަންބަރު ޖަހާފައެވެ. (ނަންބަރުގެ ދަށުގައި ރޮނގެއް ދަމާފައިވާނެއެވެ.)

ވީމާ، މި ދެންނެވި ނަންބަރުތައް ޖަހާފައިވާ ރުއްތަކުގެ ވެރި ފަރާތްތަކުން ރުކުގައި ނުވަތަ ރުއްތަކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް އަދި އެ ރުކަކީ ނުވަތަ ރުއްތަކަކީ ބަދަލުގެ ގޮތުގައި ލިބިފައިވާ ރުކެއް ނުވަތަ ރުއްތަކެއް ނަމަ އެކަން އަދި އަމިއްލައަށް އިންދައިގެން ހައްދާފައިވާ ރުއްކެއް ނުވަތަ ރުއްތަކެއް ނަމަ އެކަން ބަޔާންކޮށް އެކަން ކަށަވަރުކުރުމަށްޓަކައި 2 ހެކިވެރިންގެ މަޢުލޫމާތާއެކު 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހު މި އިދާރާ ބަންދުވުމުގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވި ތާރީޚާ ހަމައަށް ސިޓީ ހުށަނާޅާހުރި ރުއްތައް އެއީ ގޮއި ރުއްތަކެއް ކަމަށް ބަލައި މައްސަލަ ނިންމާނޭވާހަކަ ދެންނެވީމެވެ.

ރުއްތަކުގެ ވެރިފަރާތް ސާބިތުކުރުމަށްޓަކައި ބަލާނެ ކަންތައްތައް

  • އެ ރުކަކީ ރަށުގެ އެހެން ސަރަހައްދަކުން ރައްޔިތުބޭނުމަށް ނުވަތަ ސަރުކާރުގެ ބޭނުމަށް ކަނޑާފައިވާ އަމިއްލަ ފަރާތެއްގެ ރުކެއްގެ ބަދަލުގައި ދީފައިވާ ރުކެއްކަން 2 ހެކިންގެ ހެކިބަހުން ސާބިތުކޮށްދިނުން.
  • އެރުކަކީ ރަށުގެ އެހެން ސަރަހައްދަކުން ރައްޔިތުބޭނުމަށް ނުވަތަ ސަރުކާރުގެ ބޭނުމަށް ކަނޑާފައިވާ އަމިއްލަ ފަރާތެއްގެ ރުކެއްގެ ބަދަލުގައި ދީފައިވާ ރުކެއް ދެވަނަ ފަރާތަކަށް ދީފައިވާކަން 2 ހެކިންގެ ހެކިބަހުން ސާބިތުކޮށްދިނުން.
  • ކުރީގެ ރަށުއޮފީހުން އެކުލަވާލައިފައިވާ ރުއްގަހުގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ރުކެއް ކަމުގައިވުން.
  • ޝަރުޢީ ދާއިރާ މެދުވެރިކޮށް އެފަރާތުގެ މިލްކިއްޔާތުގައިވާ ރުކެއްކަން ސާބިތުކޮށްދިނުން.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ސެޕްޓެންބަރު 2016
ހޯދާ