ދިވެހިރާއްޖެ
އިޢުލާން
އއ. ތޮއްޑޫގެ ބައެއް ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުން.
މި އިދާރާގެ ނަންބަރު: 339/PRIV/2016/13 (25 އޮގަސްޓު 2016) އިޢުލާނުގައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އއ. ތޮއްޑޫގެ ބައެއް ސަރަޙައްދުތަކުގައި މަގުބައްތިޖެހުމަށް ބޭނުންވާ ހޮޅިދަނޑި އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 12:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ކަނޑައެޅިފައިވާ ވަގުތުތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.