ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ފެންވަޅު ބަހައްޓައި، ފެންދޭ ނިޒާމެއް ޤާއިމުކުރުން

އިޢުލާން

ފުވައްމުލަކު ސްޓޭޑިއަމްގައި 2 ފެންވަޅު ބަހައްޓައި، ފެންދޭނިޒާމެއް ޤާއިމުކުރުން.

ފުވައްމުލަކު ސްޓޭޑިއަމްގައި 2 ފެންވަޅު ބަހައްޓައި ސްޓޭޑިއަމްގެ ދަނޑުގައި ފެންދޭ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތަށް މި އިދާރާއިން ކުރި ނަންބަރު  (IUL)243-S02/243/201629 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅި ބައެއް ފަރާތްތަކުން އަންދާސީހިސާބާއެކު ފުރިހަމަކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އަންދާސީހިސާބުތައް ބާޠިލުކޮށް، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 13:00 ގައި މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ