ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުކޯޓުތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ކުޅިވަރުކޯޓުތައް ހެދުމާބެހޭ:

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައިވާ ތިރީގައި މިދަންނަވާ ކުޅިވަރުކޯޓުތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- ވޮލީކޯޓު، ބާސްކެޓްކޯޓު އަދި ނެޓްބޯޅަކޯޓުގެ ޕޯސްޓު ހަރުކުރުން

2- ވޮލީކޯޓު އަދި ނެޓްބޯޅަކޯޓު ކުރެހުން

3- ބާސްކެޓްކޯޓުގައި ތަޅުން އަޅައި ކޯޓު ކުރެހުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް، މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މި ދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް  %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް       % 15
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް     % 15
  • މާލީ ތަނަވަސްކަމަށް              % 10

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ