ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 އޮގަސްޓު 25 ގައި މި އިދާރާއިން ކުރި ނަންބަރު (IUL)261/261/2016/40  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ދެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.  

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއަކުން، ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016
ހޯދާ