ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ފަޔަރ އެކްސްޓިންގުއިޝް ފުޅިތައް ރިފީލް ކުރުމާއި ބެލެހެއްޓުމާ ބެހޭ

އިޢުލާން

ފަޔަރ އެކްސްޓިންގުއިޝް ފުޅިތައް ރިފީލްކުރުމާއި ބެލެހެއްޓުމާ ބެހޭ

މި ސެންޓަރުން ކުރި ނަންބަރު: 153-CMS/2016/07 އިޢުލާން (ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ) ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި ސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންތަކަށް ބޭނުންވާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތައް ރިފީލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ޕްރެކްޓިކަލް ޓްރައިނިންގތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތައް ހުސްވުމުން އެ ފުޅިތައް ރިފީލް ކުރުން

2- ހުސްވާ ފުޅިތައް ރިފީލް ކުރުމަށް ގެންދިޔުމާއި ގެނައުމުގެ މަސައްކަތްކުރުން

3- ފުޅިތަކުގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން

4- ފުޅިތައް ހަލާކުވެ އަދި ބާވެ ބޭނުން ނުކުރޭވޭ ހާލަތުގައި މި ސެންޓަރުގެ މަޝްވަރާއާއެކު އެ މަސައްކަތް ކުރުން

މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތަކާބެހޭ އިތުރު ތަފުސީލު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މާލޭ ސިޓީގެ ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.     

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފު ކުރެއްވުމަށް

25 ސެޕްޓެންބަރު 2016

10:00

އަންދާސީހިސާބު ހުށަހެޅުއްވުން

29 ސެޕްޓެންބަރު 2016

10:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390807 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ