މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީގެ ޚިދުމަތް ރައްޔިތުނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކޭބަލްޓީވީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މުލަކަތޮޅު މަޑުއްވަރީ ރައްޔިތުންނަށް ދެމުންގެންދިޔަ ކޭބަލްޓީވީގެ ޚިދުމަތް (ޚިދުމަތްދެމުންގެންދިޔަ ރޫމް) 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ނަންގަވައި އެ ޚިދުމަތް، ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)369-AS/369/2016/26 (18 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން މި އިދާރާއަށް ހާޒިރުވެފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ކޭބަލްޓީވީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދައާއި، މި ދާއިރާއިން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑަގަތުމަށްފަހު، އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ވަޑައިގަތުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

29 ސެޕްޓެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި

11 އޮކްޓޯބަރ 2016 ވާ އަންގާރަދުވަހުގެ 11:00 ގައި

ކުންފުނި ، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ޙާޟިރުވާ ފަރާތްތަކުން "އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުންޏެއް، އިންވެސްޓްމެންޓެއްގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު" ހުށަހަޅަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއް ފަރާތެކެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މި ކައުންސިލުގެ ނަންބަރު 6720032 ނުވަތަ 7904399 ފޯނާ ގުޅުއްވުމުން ކަމާބެހޭ މަޢުލޫމާތު ލިބިލައްވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ