މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބ.އޭދަފުށީ ހޮސްޕިޓަލުގެ އެކްސްޓެންޝަނާއި، ބ.ކެންދޫ ސްކޫލުގެ 4 ކްލާސްރޫމާއި ގުދަނާއި ހޯލު ޢިމާރާތްކުރުން- ޕެކޭޖް H

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ވެރިފަރާތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ ޢަދަދު

ބ.އޭދަފުށީ ހޮސްޕިޓަލުގެ އެކްސްޓެންޝަން

މިނިސްޓްރީ އޮފް ހެލްތު

TES/2016/W-084-R01

-/60،000 ރ

ބ.ކެންދޫ ސްކޫލް 4 ކްލާސްރޫމް، ގުދަނާއި ހޯލު އިމާރާތްކުރުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-85-R01

-/60،000 ރ

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަން ވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

GC01-2, GC01-1 އަދި GC01-03

4. މި ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ސެޕްޓެންބަރު 2016 އިން 3 އޮކްޓޫބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަނުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349191       3349296

ފެކްސް  : 3320706       3324432

އީމެއިލް  : [email protected]

ކޮޕީ    : [email protected]

20 ސެޕްޓެންބަރު 2016
ހޯދާ