ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ޖެހުމަށާއި ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފަރުނީޗަރު ހޯދުމާބެހޭ

މި ސްކޫލުގައި އަލަށް އިމާރާތްކުރި 3 ބުރި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ޖެހުމަށާއި ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު: GS74/2016/15 (24 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އަންދާސީހިސާބު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ގަޑިތަކަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 10:30 ގައި

އަންދާސީހިސާބު ހުށަހެޅުން

2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 10:30ގައި

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ނުލިބޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

19 ސެޕްޓެންބަރު 2016
ހޯދާ