މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ތަރައްޤީކޮށް ހިންގައި ބެލެހެއްޓުން (ރިޓެންޑަރ)

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނިން، ބީޗް ޕެވިލިއަން ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމަށް ކުރެވުނު އިޢުލާން ނަންބަރު MWSC-A/7/ADV/2016/095 ގައިވާ މަސައްކަތުގައި ބައިވެރިވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ތިރީގައިވާ ތާވަލާ އެއްގޮތަށް ވަނީ އިތުރުކުރެވިފައެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/2500 ރުފިޔާއެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 18 ސެޕްޓެންބަރު 2016 އިން 22 ސެޕްޓެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވަނަ ދުވަހު ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލައިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 27 ވާ ބުރާސްފަތި ދުވަހު 14:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 އޮކްޓޫބަރު 05 ވާ ބުދަ ދުވަހުގެ 14:30 ގައެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/50000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި -/250000 ރުފިޔާ ބިޑް އެވޯޑްކުރެވޭތާ 7 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

20 ސެޕްޓެންބަރު 2016
ހޯދާ