ދިވެހިރާއްޖެ
އިޢުލާން
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމާއި މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، 05 ސެޕްޓެމްބަރު 2016ގައި ކުރެވުނު އިޢުލާން (ނަންބަރު IUL)30-G/1/2016/27) ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ(މެޑިޕް) ކަމް ސަޕޯޓް ސްޓާފް (ފަޑިޕް) |
ސެކްޝަން: |
|
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް) |
|||
ވަޒީފާގެ މުއްދަތު: |
1 އަހަރު |
|||
މުސާރަ: |
މުސާރަ: މަހަކު -/15000 ރުފިޔާއާއި -/18000 ރުފިޔާއާ ދެމެދު (ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) |
|||
ޝަރުތު: |
1- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 3- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމާއެކު ރިޕޯޓު ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން 4- މެރިކަލްޗަރ، އަކުއަކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ. 5- މި މަޤާމަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ނުވަތަ ކޯޕަރޭޓިވްސްއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. |
|||
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްއަށް އީމެއިލް ކުރައްވާ |
|||
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެމްބަރު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މި ވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.