މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ އައްޑޫ ސިޓީ ހިތަދޫ ކެންޕަސްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)213-AC/1/2016/53) އަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮއްފައި ނުވާތީ، މި އިޢުލާން ބާޠިލުކޮށް އަލުން އައްޑޫ ސިޓީ ހިތަދޫގެ ކެންޕަސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ އައްޑޫ ސިޓީ ހިތަދޫ ކެންޕަސްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

26 ސެޕްޓެންބަރު 2016

ހޯމަ

މެންދުރު 12:00

އަންދާސީހިސާބު ހުށަހެޅުން

03 އޮކްޓޫބަރު 2016

ހޯމަ

މެންދުރު 12:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ