ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އެސް އެސް ސީ އިމްތިޙާނުގެ އެގްޒަމިނަރުން ހޯދުން
އިޢުލާން
2016 ވަނަ އަހަރުގެ އެސް އެސް ސީ އިމްތިޙާނަށް އެގްޒަމިނަރުން ހޯދުން
2016 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ޖަވާބުކަރުދާސް މާކުކުރުމުގެ މަސައްކަތް ބަލަހައްޓަވައި ދެއްވާނެ އެގްޒަމިނަރުން މި ޑިޕާޓްމަންޓަށް ބޭނުންވެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2016 ސެޕްޓެންބަރު 28 ވަނަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެއްވާ، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 20 ގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިންވެސް ލިބެން ހުންނާނެއެވެ.
18 ޛުލްޙިއްޖާ 1437
19 ސެޕްޓެންބަރު 2016
ހޯދާ