މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީބިޑް މީޓިންގގެ ތާރީޚު ބަދަލުވުން

އިޢުލާން

ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމާބެހޭ ގޮތުން ބޭއްވޭ ޕްރީބިޑް މީޓިންގގެ ތާރީޚު ބަދަލުވުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނެޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ކުރި އިޢުލާނުގައި ދަންނަވާފައިވާ ޕްރީބީޑް މީޓިންގ ބާއްވާ ތާރީޚު 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އިން 25 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ބަދަލުކުރެވިފައިވާ ވާހަކަ ބިޑު ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

ވީމާ، 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި، ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމް 1 ގައި، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނެއެވެ.

މިހެންވެ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ