ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ؛
މި އިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލުގެ އިދާރާ) އަށް ބައެއް އިތުރުކޮށް، މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވަނަދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 29 ވަނަދުވަހުގެ 13:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މި އިދާރާގެ މީޓިންރޫމުގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވްއަކުންނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި / ކޯޕަރޭޓިވްގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ސިޓީއަކުން ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުނުކުރެވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
6 ޛުލްޙިއްޖާ 1437