ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓެއްގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ދ.ހުޅުދެލީގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓެއްގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ދ.ހުޅުދެލީގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 10:00 އަށް މި އިދާރާއަށް (ދ.ހުޅުދެލީ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައިގައި ބަންދުކުރައްވާފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މި އިދާރާއިން މީގެ ކުރިން ކޮށްފައިވާ ނަންބަރު: (IUL)378/378/2016/22 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އަންގާފައިވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބާޠިލު ކުރި ވާހަކަ ދަންނަވަމެވެ.

08 ސެޕްޓެންބަރު 2016
ހޯދާ