ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދު ކޯރު ކޮނެދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS81(G)/IUL/2016/33 (28 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. އަދި މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  • ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދުގައި ކޯރުކޮނުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ