މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
އިޢުލާން
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
"ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން" އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.
- ބިޑް ހުށަހަޅާ ފޯމު (ފޯމު ނެތްނަމަ، ބިޑް ބަލައިނުގަނެވޭނެއެވެ.)
- ބިޑް ޕްރޮޕޯސަލް
- ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީ.ވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން އަންގައި، ކްލަޔަންޓުން ދީފައިވާ ލިޔުންތައް (ލިޔުންތަކުގައި، ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި ތާރީޚުތައް އެނގެން ހުންނަންވާނެއެވެ.)
މާކްސް ދެވޭނެ %
- ހުށަހަޅާ އަގު % 30
- ތައުލީމީ ފެންވަރު % 20
- ލިބިފައިވާ ތަޖުރިބާ % 50
އިތުރު މަޢުލޫމާތު
- މި މަސައްކަތް ޙަވާލުކުރާ ފަރާތާއެކު އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަންގައި ހިމެނޭނީ ޖުމުލަ 37 ސަފުހާއެވެ.
- މިކަމަށް އެދޭ ފަރާތްތަކުން 2016 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
3 ޛުލްޙިއްޖާ 1437
18 ސެޕްޓެންބަރު 2016
ހޯދާ